twitterviber whatsapp telegramfacebookyoutube instagram
19th April 2024

މާލީ މައުލޫމާތުތަކެއް އެއްކުރަން މުޅި ރާއްޖޭގައި ސާވޭއެއް ކުރަނީ

ޚަދީޖާ އާދަމް
Mar 2, 2022

ރާއްޖޭގެ "ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ" އެއް އެކުލަވާލުމަށް ބޭނުންވާ ގިނަ މާލީ މައުލޫމާތުތަކެއް އެއްކުރަން ހާއްސަ ސާވޭއެއް ފަށަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައްޔާރު ވެއްޖެ އެވެ.

ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ އެކުލަވާލުމުގެ މަގުސަދަކީ ރާއްޖޭގެ މާލީ ބައިވެރިވުން (ފައިނޭންޝަލް އިންކްލޫޝަން) އޮތް މިންވަރު ދެނެގަތުމާއި މާލީ ހިދުމަތްތައް ހޯދާ ފަރާތްތަކުން މާލީ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން ހުރި މިންވަރު ބެލުމެވެ.

މި ސާވޭގައި ފައިނޭންޝަލް ލިޓްރެސީ އާއި އަންހެނުނާއި ފިރިހެނުންގެ މެދުގައި ހުރި މާލީ ތަފާތުގެ މައުލޫމާތާއި އުމުރުން ދުވަސްވީ މީހުން ވެސް މި ދާއިރާގައި ހަރަކާތްތެރިވާ ގޮތުގައި މައުލޫމާތު އެއްކުރާނެ އެވެ.

މީގެ އިތުރުން މި ސާވޭގައި މާލީ ތައުލީމް ފުޅާކޮށް ކިޔަވައި ދިނުމުގައި ބޭނުން ކުރެވިދާނެ އެންމެ އެކަށީގެންވާ ވަސީލަތްތަކުގެ މައުލޫމާތު ހޯދާނެ އެވެ. އަދި މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކުން ކޮންސިއުމާ ޕްރޮޓަކްޝަން އަށް ހޭލުންތެރިކަން ހުރިގޮތް ފަދަ ގިނަ މައުލޫމާތުތަކެއް އެއްކުރާނެ އެވެ.

މުޅި ރާއްޖޭގެ 63 ރަށެއްގައި ރެންޑަމްކޮށް ކުރިއަށް ގެންދާ މި ސާވޭގައި ތިން ގްރޫޕަކަށް ބަހާލާފައިވާއިރު، މި ސާވޭގައި 1،500 މީހުން ބައިވެރިކުރާނެ އެވެ. ސާވޭގައި ބައިވެރިކުރާ މީހުންގެ ބޮޑު ބަޔަކީ މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ އެވެ.

ރާއްޖޭގެ މާލީ ބައިވެރިވުމާ ގުޅޭ ސިޔާސަތުތައް އެކަށައަޅައި އެއާ ގުޅޭ މަގްސަދުތައް ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތައް ހޯދުން މި ސާވޭގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355