twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގެ ފުރަތަމަ އަންހެން ޓެކްސީ ޑްރައިވަރ

May 29, 2011

އިބްރާހިމް ހަމީދު

ޝިރުމީނާ ހުސެއިންއަކީ ދެކުދިންގެ މަންމައެކެވެ. ސަރުކާރުގެ ވަޒީފާގައި ކުރިން އުޅުނު ނަމަވެސް އެވަޒީފާއިން ވަކިކުރުމުން ހިތްވަރު ދޫކޮށްނުލާ އާމްދަނީ ހޯދުމަށް އާ މަސައްކަތެއް ކުރަމުން އަންނަ ޝިރުމީނާ އަކީ ކުޅުދުއްފުށީގެ ފުރަތަމަ އަންހެން ޓެކްސީ ޑްރައިވަރެވެ.

ލިބޭ އާމްދަނީއަށްވުރެ ބޮޑަށް ރައްޔިތުންނަށް ހިދުމަތެއް ދިނުމުގެ ގޮތުން ފެއްޓި މި މަސައްކަތަށް މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޝިރުމީނާ ބުނެއެވެ. އަދި ޝިރުމީނާގެ ޓެކްސީއަށް ރަށުގެ އަންހެންވެރީންގެ ބޮޑު ތާއީދެއް ލިބިފައިވާ ކަމަށާއި މިހާރުވެސް ދުވާލަކު މަދުވެގެން ވިހި ވަރަކަށް ދަތުރު ލިބޭކަމަށް އޭނާ ބުނެއެވެ.

“އެކަށީގެންވާ އާމްދަނީ އެއްވެސްލިބޭ. ދުވާލެއްގެ މައްޗަށް 20 އާއި 15 އާއި ދެމެދަށް ދަތުރު ލިބޭ. ދަތުރެއް މި ކޮށްދެނީ 20 ރުފިޔާއަށް. ގިނަފަހަރަށް ދަތުރުލިބެނީ ގެކައިރީގައި ހުއްޓާ.” އަންހެން ޓެކްސީ ޑްރައިވަރު ކުޅުދުއްފުށީ އޮންލައިންއަށް މައުލޫމާތު ދެމުން ބުންޏެވެ.

ކުޅުދުއްފުށްޓަކީ މާލޭގެ އުތުރުން އެންމެ އާބާދީ ބޮޑު ރަށަށް ވެފައި ކުޅުދުއްފުށީގައި ޓެކްސީ ދަތުރުތަކަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކުޅުދުއްފުށީގައި ވިއްސަށް ވުރެ ގިނަ ޓެކްސީ ދުއްވަމުންދާކަމަށް ރެކޯޑްތަކުން ދައްކައެވެ. އަދި ޓެކްސީ ކުރުމަކީ އާމްދަނީ ހޯދުމަށް ކުރަން ރަނގަޅު މަސައްކަތެއްކަމަށް ކުޅުދުއްފުށީގެ ގިނަ ޓެކްސީ ޑްރައިވަރުން އެއްބަސްވެއެވެ. އާމްދަނީ ހޯދުމުގެ ގޮތުން އަންހެނުންނަށްވެސް ޓެކްސީ ޑްރައިވަރުކަން ކުރެވިދާނެކަން ޝިރުމީނާ ފަދަ ހިތްވަރުގަދަ އަންހެނުން ދަނީ ސާބިތު ކޮށްދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355