twitterviber whatsapp telegramfacebookyoutube instagram
28th March 2024

ރަށަށް ރީތި ނަން ގެނެސްދީ މާލޭގައި ބޭއްވި ޑްރެގް ރޭހުގެ ރަންވަނަތައް ކުޅުދުއްފުއްޓަށް!

މުޙައްމަދު އަހުމަދު
Mar 5, 2022
1

ރަށަށް ރީތި ނަން ގެނެސްދީ ހުޅުމާލޭގެ ފޭސް 2 ގައި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބޭއްވި ޑްރެގް ރޭހުގެ ރަން ވަނަތައް ކުޅުދުއްފުށީގެ ރައިޑަރުން ހޯދައިފި އެވެ.

މުބާރާތުގައި ވަރަށް ގިނަ ވަނަތައް ކުޅުދުއްފުށީގެ ރައިޑަރުން ވަނީ ހޯދާފަ އެވެ. އެގޮތުން 125 ސީސީއާއި 135، 150 ސީސީގެ ޗެމްޕިއަންކަން ވެސް ކުޅުދުއްފުށި ރައިޑަރުން ހޯދިއިރު އަންޑަރ ބޯން އޯޕަން އިވެންޓުގެ ޗެމްޕިއަންކަން ވެސް ލިބުނީ ކުޅުދުއްފުށީގެ ރައިޑަރަކަށެވެ.

125 ސީސީގެ ޗެމްޕިއަންކަން ހޯދީ މާލޭ ދޮން އިބްރާހިމް ރޭސިންގެ ޖެފްރީ ވިލަޕާންޑޯ ލަފުއެންޓޭ ބަލިކޮށް ކުޅުދުއްފުށީ އޮރި މޮޓޯސްގެ އަލީ ސާވީ އަހުމަދެވެ. އަދި 135 ސީސީ ކުޅުދުއްފުށީ ބީސްޓް ކްރޫގެ ރައިޑަރު މުހައްމަދު ހުމާމް ކާމިޔާބުކުރީ ކުޅުދުއްފުށީ މަގްމާ ރޭސިންގެ ހުސެއިން އަހްމަދު (އޮރިޓޯ) ބަލިކޮށްގެންނެވެ.

150 ސީސީގެ ޗެމްޕިއަންކަން ބީސްޓް ކްރޫގެ މުހައްމަދު އަނީޒް އަބްދުﷲ ނެގީ ދޮން އިބްރާހިމް ރޭސިންގެ މީސަމް ބަލިކޮށެވެ. މިމުބާރާތުގެ އަންޑަރ ބޯން އޯޕަން އިވެންޓް (125 ސީސީން 150 ސީސީ) ގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މާލޭ ދޮން އިބްރާހިމް ރޭސިންއިން ވާދަކުރި ކުޅުދުއްފުށީގެ ރައިޑަރު އިބްރާހިމް އަލީ (އިބީ) ބަލިކޮށް ކުޅުދުއްފުށީ މަގްމާ ރޭސިންގެ ހުސެއިން އަހްމަދު (އޮރިޓޯ) އެވެ.

މިމުބާރާތުގައި ކުޅުދުއްފުށީގެ ގިނަ ރައިޑަރުންތަކެއްގެ ހުނަރު ފެނިގެންގޮސްފައިވާއިރު މިއަދަކީ ކުޅުދުއްފުށީގެ ރޭސިން އާއިލާއަށާއި މުޅި ކުޅުދުއްފުއްޓަށް އުފާވެރި ދުވަހަކަށްވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355