twitterviber whatsapp telegramfacebookyoutube instagram
29th April 2025

ސްޓޫޑެންޓް ލޯނަށް ހުޅުވާލި ފުރުސަތަށް 1000 ދަރިވަރުން ކުރިމަތިލައިފި

ޚަދީޖާ އާދަމް
Mar 6, 2022

މަތީ ތައުލީމު ހާސިލުކުރުމަށް ދޫކުރާ ސްޓޫޑެންޓު ލޯނަށް 1000 ދަރިވަރުން ކުރިމަތިލައިފިއެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލި ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަމަވެފައެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އަލަށް ސަރުކާރުން ހުޅުވާލީ 720 ފުރުސަތެވެ.

އެއީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.

މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހުސައިން ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ މަސައްކަތުގެ ދާއިރާއަށް ހުނަރުވެރި، ފަންނުވެރި، ޒުވާނުން އުފެއްދުމަށް ޓަކައި ވީހާ ވެސް ގިނަ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ސްޓޫޑެންޓު ލޯނަށް ހުޅުވާލާ ފުރުސަތުތަކަކީ ވެސް މި މަގުސަދުގެ ތެރެއިން ހުޅުވާލާ ފުރުސަތެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ލޯން ސްކީމަށް ހުޅުވާލީ، ސްޓޫޑެންޓު ލޯނު ދޫކުރުމުގައި އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު އެއް އިންސައްތައަށް ކުޑަކުރުމަށް ފަހުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355