twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އަންހެނުންގެ ދުވަހު މާބޮނޑި، ފިނިފެންމާ، ޗޮކްލެޓް ދިނުން ސަރުކާރުން މަނާކޮށްފި

ނަބީލާ އިސްމާޢީލް
Mar 7, 2022

މާދަމާ ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު ހަދިޔާގެ ގޮތުގައި "އަންހެނުންނަށް ހާއްސަ ތަކެތި ނުދޭން" ޖެންޑާ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފިއެވެ.

ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަން ސޮއިކުރެއްވައި އޮފީސްތަަކަށް ފޮނުއްވާފައިވާ ސާކިއުލާގައި ބުނެފައިވަނީ އަންހެނުންގެ ދުވަސް ފާހަގަކުރާއިރު ބައެއް ކަންކަމަށް ސަމާލުވުމަށާއި، މިއަހަރުގެ ޝިއާރުގެ މަގުސަދު ހާސިލްވާ ގޮތަށް އެ ދުވަސް ފާހަގަކުރުމަށެވެ.

މާދަމާ ފާހަގަކުރާ އަންހެނުންގެ ދުވަހުގެ ޝިއާރަކީ "ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" އެވެ.

މި އަހަރު މަނާކުރި ތަކެތީގެތެރޭގައި މަރުހަބާ ކިޔަން ރަތް ދޫލަ އެޅުމާއި މާބޮނޑި ދިނުމާއި ފިނިފެންމާ ދިނުމާއި ޗޮކްލެޓް ދިނުމާއި ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުން ވަނީ މަނާކޮށްފައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރަން އެ ތަކެތި އަންހެނުންނަށް ހަދިޔާއަކަށް ނުދިނުމުގެ އިތުރުން ވަކި ޖިންސަކަށް ނިސްބަތްވާ ކަމަށް މުޖުތަމައުގައި ގަބޫލުކުރެވޭ ކުލަތައް މިސާލަކަށް އަންހެނުންނަށް ހާއްސަ ކަމަށް ބައެއް މީހުން ގަބޫލުކުރާ ފިޔާތޮށި ކުލަ ބޭނުން ނުކުރުމަށް ސަމާލުކަން ދިނުމަށް ވެސް ޖެންޑާ މިނިސްޓްރީން އެދެ އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރާއިރު، އަންހެނުންނަށް މާބޮނޑި ފަދަ ތަކެތިދީ ރަތް ދޫލައިގެ މަރުހަބާއެއް ކިޔުން އެއީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ރާއްޖޭގައި ވެސް ކުރަމުން އަންނަ ކަމެކެވެ. މިއީ މިފަދަ ހަރަކާތްތައް ސަރުކާރުން މަނާކުރި ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355