އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް އިން އުފައްދާ ތަޒާ ފެނާ ގުޅޭގޮތުން މީސް މީޑިއާގައި ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ ތާޒާ ފެނުގެ ކޮންމެ ބެޗެއް 24 ގަޑިއިރު ވަންދެން މާކެޓަށް ނުނެރެ ބަހައްޓާ ކަމަށާއި ކޮލިޓީ ކަށަވަރުނުކޮށް ތާޒާ ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައި ނުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"ތާޒާ" ބްރޭންޑް ފެންފުޅީގެ ކޮލިޓީއާއި ގުޅޭގޮތުން މީސްމީޑިޔާގައި ދައުރުވަމުންދާ ޚަބަރާއި ގުޅޭ pic.twitter.com/xC813OweHn
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 7, 2022
އެ ކުންފުނިން ބުނީ ތާޒާ ފެން އުފައްދާ ކާރުޚާނާއަކީ އައިއެސްއޯ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑާ ސެޓިފައިޑް ކާރުޚާނާއެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ތާޒާ ފެނުގެ ކޮންމެ ބެޗެއްވެސް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި ބައިނަލް އަޤްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށެވެ.
އެމްޑަބްލިއުއެސްސީން އުފައްދާ ތާޒާ ފެނުގެ 1.5 ލީޓަރު އަދި 500 އެމްއެލް ގެ ފެން ފުޅިތައް ލެބް ޓެސްޓު ކުރި އިރު ބެކްޓީރިއާ ފެނިގެން ތާންގިތައް ބެލި އިރު ކާޅެއް މަރުވެފައި އޮއްވާ ފެނުނުކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ދައުރުވަމުންނެވެ.