twitterviber whatsapp telegramfacebookyoutube instagram
10th June 2025

ތުރުކީ ދަތުރަކާއެކު އެވިޑް ކޮލެޖުގެ މޭ އިންޓޭކަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Mar 8, 2022

އެވިޑް ކޮލެޖްގެ މޭ އިންޓޭކަށް ހުޅުވާލައިފިއެވެ. މޭ އިންޓޭކަށް ހުޅުވާލުމަށް މިއަދު އެވިޑް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ޗެއާމަން ޢަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ މިއަދުން ފެށިގެން ކޯސްތަކަށް އެޕްލައި ކުރެވޭނެ ކަމަށެވެ.

އެވިޑް ކޮލެޖަށް ވަނުމަށް ފޯމު ހުށަހަޅާ ފަރާތްތަކުގެ ނަންތަކުން ގުރު ނެގުމަށް ފަހު ހޮވޭ ފަރާތަކަށް ތުރުކީ ދަތުރެއް ދިނުމަށްވެސް މިފަހަރު ވަނީ ހަމަޖައްސާފައެވެ.

އެވިޑް ކޮލެޖުގައި މިހާރު ވެސް ތަފާތު ގިނަ ދާއިރާތަކުން ކޯސްތައް ހިންގާކަން ފާހަގަ ކުރައްވައި މުޝްތާގު ވިދާޅުވީ، އާ ކޯސްތައް ރާއްޖޭއަށް ފޯރުކޮށްދޭން މަސައްކަތް ކުރާ ކަމަށެވެ. ހަތްދިހަ އަށްވުރެ ގިނަ ކޯސް ހިންގާ އެވިޑް ކޮލެޖްގެ ހުރިހާ ކޯހަކީވެސް އެމްކިއުއޭގެ އެޕްރޫވަލް ލިބިފައިވާ ކޯސްތަކެވެ.

ކޮވިޑާ ގުޅިގެން މިވަގުތު ހުރިހާ ކޯސްތަކެއް އޮންލައިންކޮށް ހިންގާ އެ ކޮލެޖްގެ ކޯސްތަކަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް، ކޮލެޖްގެ ވެބްސައިޓުން ފޯމާއެކު ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ކޯސްތަކަށް ވަނުމުގެ ޝަރުތުތަކާއި އެހެނިހެން އިތުރު މައުލޫމާތުވެސް ކޮލެޖްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެވިޑުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355