twitterviber whatsapp telegramfacebookyoutube instagram
29th March 2024

އަންނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހި ހިމެނިގެންދާނެ: ޔާސިރު

ޚަދީޖާ އާދަމް
Mar 9, 2022
4

އަންނަ 2023 ވަނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީ މަގުތައް ހެދުމުގެ ތިންވަނަ ފިޔަވަހި ހިމެނިގެންދާނެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ޔާސިރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީ މަގު ހެދުމުގެ ފޭސް 3 ގެ ހިމެނިގެންދާނެ ކަމަށާ އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ.

ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ވައުދު ރައީސް ސޯލިހް ވެވަޑައިގެންނެވީ ރިޔާސީ ކެމްޕެއިންގައި ކަމަށާއި މަގުތަކުގެ ހެދުމުގެ މަސައްކަތް ލަސްތަކެއްވިކަން ގަބޫލުކުރާ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު އެއްކަމެއް އެ ނަޒަރުން ފާހަގަކޮށްލަން ބޭނުން. ވެރިކަންތައް އަޅުގަނޑުމެންނަށް ފެނިއްޖެ. އެހެންނަމަވެސް ތަފާތަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުން އެދޭ ކަންތައްތައް ވީހާވެސް ބޮޑަކަށް އެ ބޭނުންވާ ގޮތަކަށް ނިންމާ ދެއްވުމަށް މަސައްކަތްކޮށް ދެއްވާ ބޭފުޅެއް." ޔާސިރު ވިދާޅުވި އެވެ.

މޭޔަރުގެ ވާހަކަތަކަށް އަލިއަޅުވާލައި ވާހަކަދައްކަވަމުން ޔާސިރު ވިދާޅުވީ، ކައުންސިލުން އެދުނު ތިން ކަމަކަށް 70 މިލިއަން ރުފިޔާ އިތުރުކުރެވިފައިވާއިރު އިތުރުކުރެވުނު މަގުތަކަށް އިތުރު 23 މިލިއަން ރުފިޔާ ހަރަދުކުރެވޭނެކަމަށް ޔާސިރު ވިދާޅުވި އެވެ.

މަޝްރޫއުއަށް ގާތްގަނޑަކަށް 200 މިލިއަން ރުފިޔާއަށް ދެމިގެންދާއިރު މިފަހަރު ކުޅުދުއްފުށީގައި ހަދާނީ ރީތި ފުރިހަމަ މަގުތަކެއްކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑުމެން މި ހޯދައިދިން ރައްޔިތުންނަށް ވާހަކަ ދެއްކުމުގެ، އެބޭފުޅުން ރައްޔިތުންގެ އިހްސާސްތައް ރައްޔިތުން ބޭނުންވާގޮތް އެބޭފުޅުންގެ ވެރިންނާއި ހިއްސާކޮށްގެން އަދި ދައުލަތުގެ ވެރިންނާއި ހިއްސާކޮށްގެން ކަންކަން ކުރުމުން އަޅުގަނޑުމެންނަށް ލިބޭ ހިތްހަމަޖެހުމާ ހަގީގީ އުފާ." އެމްޕީ ޔާސިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމަލީ މަސައްކަތް ފެށުން ކުޑަ ތަންކޮޅެއް ލަސްވިކަމުގައި ވިއަސް މި މަސައްކަތް ވަރަށް ފުރިހަމައަށް ރައްޔިތުން އެދޭ ގޮތަށް ނިމިގެންދާނެކަމަށް ޔަގީންކުރައްވާކަމުގައި ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355