twitterviber whatsapp telegramfacebookyoutube instagram
23rd October 2026

އިތުރު 1622 މީހުން ބޫސްޓަރ ޑޯޒް ޖަހައިފި

ނަބީލާ އިސްމާޢީލް
Mar 12, 2022

ކޮވިޑް ވެކްސިން ޖެހުމަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގެ ތެރެއިން އިތުރު 1622 މީހުން ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ބުރާސްފަތި ދުވަހު 1622 މީހުން ބޫސްޓަރ ޑޯޒް ޖަހާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ބޫސްޓަރ ޑޯޒް ޖެހި 541 މީހުންނާއި، ރަށްރަށުން ބޫސްޓަރ ޑޯޒް ޖެހި 1081 މީހުންނެވެ. މިހާތަނަށް ޖުމްލަ 142،239 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

އެ ދުވަހު ދެވަނަ ޑޯޒް ޖަހާފައިވަނީ 51 މީހުންނެވެ. އެއީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 27 މީހުންނާއި ރަށްރަށުން ދެވަނަ ޑޯޒް ޖެހި 24 މީހުންނެވެ. މިހާތަނަށް 371،410 މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ.

ކޮވިޑް ވެކްސިން ޖަހަން ފެށި ފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، ބުރާސްފަތި ދުވަހު 10 މީހަކު ވަނީ އަލަށް ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ޖެހި 4 މީހަކާއި ރަށްރަށުން ވެކްސިން ޖެހި 6 މީހުންނެވެ. މިހާތަނަށް 398،315 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293