twitterviber whatsapp telegramfacebookyoutube instagram
8th November 2025

ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް ސީއެމްޑީއޭ އެދިއްޖެ

ޚަދީޖާ އާދަމް
Mar 12, 2022

ސްކީމު ތަކެއްގެ ގޮތުގައި އެކި ނަންނަމުގައި ފައިސާގެ މުއާމަލާތް ހިންގާ މީހުންގެ ސައްހަކަން ކަށަވަރުކުރުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

ސީއެމްޑީއޭ އިން އެކަމަށް އިލްތިމާސްކޮށްފައިވާއިރު އެމްއެމްއޭއިން ވަނީ މިމަހު 10 ވަނަ ދުވަހު ފޮރެކްސް ޓްރޭޑިން ވިޔަފާރި ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން"ގެ އެކައުންޓް ޕްރީޒްކޮށްފައެވެ.

އެމްއެމްއޭއިން ވަނީ ފޮރެކްސް ޓްރޭޑް ކުރާ މީހުންނަށް ކުރިމަތިވެދާނެ "ރިސްކްތަކަށް" ސަމާލުވުމަށްވެސް އަންގާފައެވެ.

ސީއެމްޑީއޭ އިން ނެރެފައިވާ ބަޔާނުގައި ވަނީ ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓްކުރަން ލިބޭ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން ސަމާލުކަން ދޭންވީ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އިންވެސްޓް ކުރަން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަ ލިބިފައިވާ ނުވަތަ އެފަދަ ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ ބެލުމަށް ނަސޭހަތްތެރިވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355