twitterviber whatsapp telegramfacebookyoutube instagram
20th August 2026

ރޯދަމަހު ފިހާރަތައް ދަންވަރު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

Mar 12, 2022

ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެގޮތުން މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ ދަންވަރު 1:00 އަދި ކެފޭ/ރެސްޓޯރެންޓު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އަށްކަމަށް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ގޮތަށް އަމަލު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށޭނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355