twitterviber whatsapp telegramfacebookyoutube instagram
25th March 2026

އުތުރުގެ ފަތުރުވެރިކަން ކުރިއަރުވަން އިންޑިއާގައި ފޯރަމެއް ބާއްވަނީ

ޚަދީޖާ އާދަމް
Mar 14, 2022
2

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވާ ތަރައްގީކުރުމަށްޓަކައި އިންވެސްޓަރުން ހޯދުމަށް އިންޑިއާގައި ފޯރަމެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްޓީޑީސީގެ އިތުރުން އެމްއެމްޕީއާރްސީ ގުޅިގެން ބާއްވާ ފޯރަމް ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. އިންޑިއާގެ ވިޔަފާރީގެ މައި ރަށުގެ ގޮތުގައި ބަލައި މުމްބާއީގައި ކުރިއަށްދާ މި ފޯރަމްގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކާއި އިންޑިއާގެ ކުންފުނިތައް ބައިވެރިވާނެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގެން މައުލޫމާތު ހިއްސާކުރެއްވުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.

ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތް ފަށާފައިވާއިރު އިންޑިއާ އާއި ގުޅިގެން ދިވެހި ސަރުކާރުން ގެންދަނީ އުތުރުގެ އެންމެ ބޮޑު އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިފޯރަމްގައި ބައެއް އެއާލައިންތަކުން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވަތީ ދަތުރުފަތުރު ފަސޭހަ ވާނެ ގޮތްތައް ބަލައި ރާއްޖެއަށް އިތުރު ޓޫރިސްޓުން ގެނެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާ ކުރާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355