twitterviber whatsapp telegramfacebookyoutube instagram
29th April 2025

ބައްޗަން ޕާންޑޭ ބޮކްސް އޮފީހުގައި ކާމިޔާބުވާނެ ސަބަބު އަކްޝޭ ކިޔައިދީފި

ޚަދީޖާ އާދަމް
Mar 14, 2022

އަކްޝޭ ކުމާރުގެ ކުރިއަށްއޮތް ފިލްމު ބައްޗަށް ޕާންޑޭ ކާމިޔާބުވާނެ ސަބަބު އޭނާ ކިޔައިދީފި އެވެ.

އަކްޝޭގެ ގިނަ ފިލްމުތަކަކީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާ ފިލްމުތަކެކެވެ. އެގޮތުން ގިނަބަޔަކު ބުނަނީ އަކްޝޭގެ ފިލްމުތައް ކާމިޔާބުވަނީ އޭނާގެ ނަސީބު ގަދަވީމަ ކަމަށެވެ.

މިކަމަށް ރައްދުދެމުން މިޑް ޓޭއަށް ދިން އިންޓަވިއުއްގައި ބުނީ އޭނާގެ އެއްވެސް ފިލްމެއް ކާމިޔާބުވަނީ އޭނާގެ ނަސީބުން ނޫންކަމަށެވެ. ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމަކަށް ގަދަ އަޅާއި މަަސައްކަތްކޮށްގެން ކަމަށާއި އޭނާގެ ފިލްމުތައްވެސް ކާމިޔާބު ވަނީ އެ ފިލްމަކީ ކާމިޔާބު ފިލްމަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރުމުން ކަމަށެވެ.

ބައްޗަން ޕާންޑޭ ބެލުންތެރިންނާއި ހަމައަށް އަންނާނީ މިމަހު 18 ވަނަ ދުވަހުއެވެ. އަކްޝޭގެ އިތުރުން ކްރިތީ ސެނޮން، ޖެކްލިން ފެނާންޑޭޒް އަދި އަރްޝަދް ވަރްސީ ފެނިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355