twitterviber whatsapp telegramfacebookyoutube instagram
1st July 2025

މިދިޔަމަހު އެކްސްޕޯޓް ކުރި މުދަލުގެ އަގު 29 ޕަސެންޓު އިތުރު

ޚަދީޖާ އާދަމް
Mar 15, 2022

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރެވުނު މުދަލުގެ އަގު މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 29 ޕަސެންޓު އިތުރުވެެއްޖެއެވެ.

މިދިޔަ މަހު، ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހުގެ ބާވަތްތަކެވެ. އެ ބާވަތްތަކުގެ 149 މިލިއަން ރުފިޔާގެ މުދާ ބޭރުކުރި އިރު، ކަޅުބިލަމަހުގެ އެހެނިހެން އުފެއްދުންތަކުން ބޭރުކުރީ 25 މިލިއަން ރުފިޔާގެ މުދަލެވެ.

މީގެ އިތުރުން، 17 މިލިއަން ރުފިޔާގެ ރީނދޫ އުރަހަ ކަންނެލި ދަޅުގައި ބަންދުކޮށްގެން ބޭރުކުރިއިރު، އޭގެ އެހެނިހެން އުފެއްދުންތަކުގެ 25 މިލިއަން ރުފިޔާގެ މުދާ ބޭރުކުރިއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު 309 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރެވުނީ 239 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓު ކުރީ ތައިލެންޑަށެވެ. އެގޮތުން ޖުމްލަ އެކްސްޕޯޓުގެ 56 ޕަސެންޓު ފޮނުވާފައި ވަނީ އެގައުމަށެވެ. ދެވަނައަށް އެންމެ ގިނަ މުދާ ބޭރުކުރީ ޖަރުމަނާއި އިނގިރޭސިވިލާތަށެވެ. އެއީ ހަތް ޕަސެންޓުގެ މުދަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355