twitterviber whatsapp telegramfacebookyoutube instagram
15th December 2025

ކުޅުދުއްފުށީ ނައިޓް މާކެޓްގައި 19 ސްޓޯލެއް ހުންނާނެ

އަބްދުލް ވާހިދު ޙަސަން
Mar 15, 2022
3

ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމުކުރާ ނައިޓް މާކެޓްގައި ޖުމްލަ 13 ވިޔަފާރިއަކުން ބައިވެރިވެފައިވާކަމަށް އެ ކައުންސިލުން ހާމަކޮށްފި އެވެ.

އަހަރުތަކަކަށްފަހު ކުޅުދުއްފުށީގައި ބާއްވާ މި ނައިޓް މާކެޓްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު 10 ވިޔަފާރިއަކުންނާއި ކުޅުދުއްފުށީގައި ހިންގާ ސަރުކާރުގެ ތިން ސްކޫލުގެ ޕީޓީއޭތަކުން ބައިވެރިވި އެވެ.

ކައުންސިލުން މެމްބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، މުއްދަތު ހަމަވިއިރު ޖުމްލަ 13 ވިޔަފާރިއަކުން ބައިވެރިވެފައިވާ ކަމަށާއި އެކަމަކު 19 ސްޓޯލް ހުންނާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކަނޑައެޅިފައިވާ ތާރީހުގައި ނައިޓް މާކެޓް އޮންނާނެ ކަމަށެވެ.

ނައިޓް މާކެޓްގައި ބައިވެރިވުމަށް ހުޅުވާލިއިރު ގޭބިސީތަކުގައި އުފައްދާ ތަކެތި ވިއްކުމަށް ހާއްސަކޮށް އަގުހެޔޮ ސްޓޯލްތަކެއް ހުޅުވާލި ނަމަވެސް މިފަހަރު ނައިޓް މާކެޓްގައި އެފަދަ ފަރާތެއް ބައިވެރިވެފައިނުވާކަމަށް ރޯޒޭ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ބާއްވާ މި ނައިޓް މާކެޓް އޮންނާނީ މިމަހު 17-19 އަށް ބަންޑާރަމައިދާނު ސަރަހައްދުގައި އެވެ. މީގެ އަހަރުތަކެއް ކުރިން "އުނގުޅޭ" ބާޒާރުނަމުގައި ކުޅުދުއްފުށީގައި ނައިޓް މާކެޓެއް ބާއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355