twitterviber whatsapp telegramfacebookyoutube instagram
15th March 2026

އަމާޒަކީ މިއަހަރު ތެރޭ 2 އެއާޕޯޓެއް ހުޅުވުން: މިނިސްޓަރު އަސްލަމް

ޚަދީޖާ އާދަމް
Mar 16, 2022

އަމާޒަކީ މި އަހަރުގެ ތެރޭގައި ދެ އެއާޕޯޓެއް ހުޅުވުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އަސްލަމް ވިދާޅުވީ ހަ ސަރަހައްދެއްގައި އެއާޕޯޓް އަޅަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އިއުލާނާ ގުޅިގެން އެއާޕޯޓްތަކަށް ޕްރޮޕޯސަލް ހުށަހަޅާފައިވާކަމަށާއި ނަމަވެސް އެއްވެސް ތަނެއް ބަޔަކާ ހަވާލުނުކުރާކަމަށެވެ.

މޮޑެލް ބަދަލުކޮށްގެން ވިޔަސް އެއާޕޯޓްތައް އަޅާނެ ކަމަށާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ނުވާ ނަމަ ދައުލަތުގެ ބަޖެޓުން ވެސް އެކަން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

  • ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު
  • ފ. ބިލެއްފަހި - 23.6 މިލިއަން ޑޮލަރު
  • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު
  • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު
  • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު
  • ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު

އެއާޕޯޓްތައް ހުޅުވާލައި މިނިސްޓްރީން އެންމެ ފަހުން އިއުލާނުކޮށްފައިވާ ބީލަމުގައިވާ ގޮތުން، އެއާޕޯޓް ތަރައްގީކުރަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޯސްޓާއި އެތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355