twitterviber whatsapp telegramfacebookyoutube instagram
8th November 2025

އޯޓީއެމް ފެއާގެ އެންމެ ރީތި ސްޓޭންޑަކަށް ރާއްޖޭގެ ސްޓޭންޑް

ޚަދީޖާ އާދަމް
Mar 17, 2022

އިންޑިއާގެ މުމްބާއީގައި ބޭއްވި ވަން ވޯލްޑް ޓްރެވެލް މާރކެޓް، އޯޓީއެމްގެ "ބެސްޓް ޑިޒައިން އެންޑު ޑެކޮރޭޝަން ސްޓޭންޑް" ނުވަތަ އެންމެ ރީތި ސްޓޭންޑްގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ފެއަރއަކީ އިންޑިއާގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއަރއެވެ. ރާއްޖެއަށް ލިބުނު އެވޯޑާއި ހަވާލުވީ މި ފެއަރގައި ރާއްޖެ ތަމްސީލުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ފަރާތުންނެވެ.

މިއަހަރުގެ އޯޓީއެމް ފެއަރގައި ރާއްޖެއިން ބައިވެރިވެފައިވަނީ ކަންޓްރީ ޕާޓްނަރެއްގެ ގޮތުގައެވެ. އެމްއެމްޕީއާރުސީން މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 18 ފަރާތަކާއި އެކުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355