twitterviber whatsapp telegramfacebookyoutube instagram
5th June 2025
އޭސީސީއަށް އަލަށް އައްޔަން ކުރި މެމްބަރުން ހުވާކުރުން-- ރައީސް އޮފީސް

އޭސީސީއަށް މެމްބަރުން އައްޔަން ކުރައްވައިފި

ޚަދީޖާ އާދަމް
Mar 17, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) އަށް ފަސް މެމްބަރުން މިއަދު އައްޔަންކުރައްވައިފިއެވެ.

އޭސީސީއަށް އާ މެމްބަރުން އައްޔަން މިކުރީ ކުރިން ތިއްބެވި ގިނަ މެމްބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މެމްބަރުން އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމަށް ފާސް ކުރަން ނިންމުމާ ގުޅިގެންނެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ފަސް ބޭފުޅުންނަށް އޭސީސީގެ މެންބަރުކަމުގެ ހުވައި، ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަހްމަދު މުއުތަސިމް އަދުނާނެވެ.

އަލަށް އައްޔަން ކުރެއްވި ފަސް ބޭފުޅުން

  • އަލްއުސްތާޒް އާދަމް ޝާމިލް ރަތްވިލާގެ، ތ.ވިލުފުށި
  • އަލްއުސްތާޒް އަބްދުއްސަލާމް ހަވާ، ށ.ނަރުދޫ
  • އަލްއުސްތާޒް ޠާހާ މުހައްމަދު ކަޅިހާރުގެ، އދ.މާމިގިލި
  • ޝަޒްނާ ހާޝިމް ރިހިވިލު، ހދ.ނޮޅިވަރަންފަރު
  • އަލްއުސްތާޒް ޝިޔާމާ މުޙައްމަދު ނާރެސް، ރ.ހުޅުދުއްފާރު

ގާނޫނު ބުނާ ގޮތުން އޭސީސީގެ މެންބަރެއްގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަން ޖެހޭނެއެވެ. ނަމަވެސް އާ މެމްބަރުން މި އައްޔަން ކުރެއްވީ އެ މުއްދަތު ހަމަވިތާ ދުވަސްކޮޅެއް ފަހުންނެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com