twitterviber whatsapp telegramfacebookyoutube instagram
10th March 2026

ބޮޑީބޯޑިން އެސޯސިއޭޝަނުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Mar 17, 2022

މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މި އެއްބަސްވުމުގައި މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ރައީސް ޢަބްދުﷲ އަރީފެވެ. އަދި، ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއާ މެނޭޖަރު މުޙައްމަދު މިރްޝާން ހަސަނެވެ

މިރްޝާން ވިދާޅުވީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމުގެ ގޮތުން ކުރާ މަސައްކަތްތަކުގައި އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށެވެ.

ބޮޑީބޯޑިން އެސޯސިއޭޝަނުން އިންތިޒާމުކުރާ ރާޅާއެޅުމުގެ މުބާރާތެއްކަމުގައިވާ "މޯލްޑިވްސް ސާފިން ލީގު" މި މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355