twitterviber whatsapp telegramfacebookyoutube instagram
20th April 2024

ހުރިހާ މެޗަކުން މޮޅުވެ އަފީފުއްދީން ފައިނަލަށް، އޭއީސީއާއި ޖަލާލުއްދީން ގަދަ ހިފުމަކަށް!

މުޙައްމަދު އަހުމަދު
Mar 18, 2022
2

މިހާރު ކުރިއަށްދާ ފޯރިގަދަ މާއްޓޭ ސްޕޯޓްސް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެ އަފީފުއްދީން ފައިނަލަށް ދަތުރުކުރިއިރު އޭއީސީއާއި ޖަލާލުއްދީން ގަދަ ހިފުމަކަށްދާން ޖެހިއްޖެ އެވެ.

މިއަދު ހަވީރު ކުޅެވުނު މެޗުގައި އަފީފުއްދީން ސްކޫލުން 3 - 1 ން އޭއީސީ ބަލިކުރިއިރު މިމެޗަކީ އަފީފުއްދީން ސްކޫލުގެ ފަހު މެޗެވެ. މިމެޗުން ހޯދި މޮޅާއެކު ކުޅުނު 4 މެޗުންވެސް މޮޅުވެ ޖުމްލަ 12 ޕޮއިންޓާއެކު އަފީފުއްދީން މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އޭއީސީންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު ކާމިޔާބުކުރީ އެޓީމުގެ ޖޯޒީ ނަމްބަރު 21 އަހްމަދު މުހައްމަދެވެ. އެހެންނަމަވެސް 29 ވަނަ މިނެޓުގައި އަފީފުއްދީނުގެ ޒައިނުއްދީން އަހްމަދު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މެޗުގައި އަފީފުއްދީނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ ކުޅަދާނަ ފޯވާޑް މުހައްމަދު އިޔާޒް އެވެ. އަދި އަފީފުއްދީންގެ ފަހު ލަނޑު 71 ވަނަ މިނެޓުގައި ޖަހައިދިނީ ޖޯޒީ ނަމްބަރު 23 އާދަމް ލަޔާން އެވެ.

ފޯރިގަދަ ކުޅުމެއް މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައިރު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަފީފުއްދީނުގެ ޒުވާން ޑިފެންޑަރު މުހައްމަދު ހަމްދާނެވެ. ހަމްދާންގެ ފަރާތުން މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު އޭނާ ވަނީ އޭއީސީގެ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

ތާވަލުގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އަފީފުއްދީން އޮތްއިރު ދެވަނައިގައި 3 ޕޮއިންޓާއެކު މިވަގުތު އޮތީ އޭއީސީ އެވެ. އަދި ފުލުގައި އޮތް ޖަލާލުއްދީނަށް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މިމުބާރާތުގެ ލީގު ބުރުގެ ފަހު މެޗު މާދަމާ ކުޅެވޭއިރު އެމެޗުގައި ބައްދަލުކުރާނީ އޭއީސީއާއި ޖަލާލުއްދީނެވެ. އެމެޗު އެއްވަރުކޮށްލައިގެން ވެސް މުބާރާތުގެ ފައިނަލަށް އޭއީސީއަށް ދެވޭނެ އެވެ. އެހެންނަމަވެސް ޖަލާލުއްދީން ސްކޫލް ފައިނަލަށް ދަތުރުކުރަން ބޭނުންނަމަ މާދަމާ އޭއީސީ އަތުން މޮޅުވާން މަޖުބޫރުވާނެ އެވެ.

މާދަމާ ޖަލާލުއްދީނާއި އޭއީސީ ބައްދަލުކުރާ މެޗު ފަށާނީ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355