twitterviber whatsapp telegramfacebookyoutube instagram
17th September 2026

ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ އިންޖީނުގެ އިމާރާތްކުރާ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހްތިޖާޖު ކުރަނީ

އަބްދުލް ވާހިދު ޙަސަން
Mar 19, 2022
7

ކުޅުދުއްފުށީގައި ފެނަކަ އިން އިމާރާތްކުރާ އިންޖީނުގޭގެ އިމާރާތުގެ މަސައްކަތުގައި އުޅޭ މުވައްޒަފުން މަސައްކަތް ހުއްޓާލައި އިހްތިޖާޖުކުރަން ފަށައިފި އެވެ.

ފެނަކަ އިން ހަދައި މި އިންޖީނުގޭގެ މަސައްކަތަށް ކޮންޓްރެކްޓް އުސޫލުން 39 މުވައްޒަފުން ނަގައި މަސައްކަތް ކުރަމުންދެ އެވެ. މިހުރިހާ މުވައްޒަފުންވެސް މިއަދު ވަނީ މަސައްކަތް ހުއްޓާލައި އިހްތިޖާޖު ކުރަމުންނެވެ.

ކޭއޯއާ ވާހަކަދެއްކި މުވައްޒަފުން ބުނީ، މަސައްކަތް ހުއްޓާލާއި އިހްތިޖާޖްކުރަނީ ސައިޓް މެނޭޖަރުގެ އަމަލުތަކާމެދު ހިތްހަމަނުޖެހިގެން ކަމަށެވެ.

އެގޮތުން ދިމާވާ ކުދިކުދި ކަންކަމުގައި މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމާއި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން މަސައްކަތް ނުކުރާކަމަށް މުވައްޒަފުން ބުންޏެވެ. އަދި އިހްތިޖާޖު ހުއްޓާލާނީ ސައިޓް މެނޭޖަރު ބަދަލުކުރުމުން ކަމަށްވެސް އެ މުވައްޒަފުން ބުންޏެވެ.

މިކަމާ ގުޅިގެން އެ މުވައްޒަފުން ވަނީ މޭޔަރާ ބައްދަލުކޮށްފަ އެވެ. މިކަމުގައި ފެނަކަ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293