twitterviber whatsapp telegramfacebookyoutube instagram
22nd May 2026

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާއިރު ރައްޔިތުންގެ ޝުއޫރު ނީވޭގޮތަށް ހެދުމަށް އަންގައިފި

އަބްދުލް ވާހިދު ޙަސަން
Sep 4, 2023
1

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންވާއިރު ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް ނީވޭގޮތަށް ހެދުމަށް ފުލުހުން އަންގާފައިވާކަމަށް ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންވާއިރު ކުޅުދުއްފުއްޓަށް ކޮށްދެންވަން ވައުދުވި ގިނަ ކަންތައްތަކެއް ކޮށްދީފައިނުވާތީ އެކަންބޮޑުވުން ރައީސްއަށް އިއްވުމަށް ވަކި ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުންތަކެއް އަންނަނީ މަސައްކަތްކުރަމުންނެވެ.

އެކަމަކު، އެކަމުގައި އިސްކޮށް އުޅޭ މީހުންނާ ފުލުހުން ބައްދަލުކޮށް، ރައީސް ސޯލިހް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ވަގުތުގައި އާއި އެމަނިކުފާނު ރަށުގައި އުޅުއްވާ އެއްވެސް ވަގުތެއްގައި އަޑުގަދަ ކުރާ ބޭނުންނުކުރުމަށް އަންގާފައިވާކަމަށެވެ.

"ފުލުހުން އަޅުގަނޑުމެންނާ ބައްދަލުކޮށްފަ ބުނީ ޝުއޫރުފާޅުކުރަން އަޑުގަދަކުރާ ބޭނުމެއް ނުކުރެވޭނެޔޭ. ސިފައިން އަންގައިގެންނޭ މިކަން މިއެންގީ." އިހްތިޖާޖުގައި އިސްކޮށް އުޅުނު މީހަކު ބުންޏެވެ.

އޭނާ ވިދާޅުވީ ރައީސް ވަޑައިގަންނަވާތީ އުތުރު ބަނދަރުގެ ބޮޑު ސަރަހައްދެއް ބަންދުކުރާނެކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355