twitterviber whatsapp telegramfacebookyoutube instagram
10th September 2026

ބޮޑު ތަފާތަކުން ޖަލާލުއްދީން ބަލިކޮށް އޭއީސީން ފައިނަލުގެ ފަހު ޖާގަ ހޯދައިފި

މުޙައްމަދު އަހުމަދު
Mar 20, 2022

މިހާރު ކުރިއަށްދާ ފޯރިގަދަ މާއްޓޭ ސްޕޯޓްސް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ބޮޑު ތަފާތަކުން އޭއީސީ އަތުން ބަލިވެ ޖަލާލުއްދީން ސްކޫލް މުބާރާތުން ކަޓައިފި އެވެ.

އިއްޔެ ކުޅެވުނު މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ޖަލާލުއްދީނުގެ މައްޗަށް އޭއީސީން ކުރިހޯދީ 8 - 1 ގެ ބޮޑު ތަފާތަކުންނެވެ. މިމެޗު އޭއީސީން ކާމިޔާބުކުރިއިރު އޭއީސީގެ ކެޕްޓަން އަހްމަދު މުހައްމަދުގެ ފަރާތުން ވަނީ މިމެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ.

އަހްމަދުގެ 2 ހެޓްރިކް މިމެޗުގައި ފެނިގެންދިޔައިރު އޭއީސީގެ އަނެއް ލަނޑުތައް ޖަހައިދިނީ މާއިދު މުހައްމަދުގެ އިތުރުން އަހްމަދު ޝަޔާމް އެވެ. މިމެޗުގައި ޖަލާލުއްދީނުގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މަތީން ބަޝީރެވެ.

މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އަހްމަދު މުހައްމަދަށް ލިބުނުއިރު މިމެޗުގައި އޭނާގެ ފަރާތުން ރީތި ލަނޑުތަކެއް ވެސް ފެނިގެންދިޔަ އެވެ. ހާއްސަކޮށް އޭނާ ޖެހި ބައިސިކަލް ކިކް ފާހަގަކޮށްލެވެ އެވެ.

އިއްޔެގެ މެޗުން މޮޅުވުމާއެކު ޖުމްލަ 6 ޕޮއިންޓާއެކު އޭއީސީ މިވަނީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި ޖަލާލުއްދީން މިވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.

ފައިނަލުގައި އޭއީސީން ނުކުންނަން ޖެހޭނީ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އަފީފުއްދީން ސްކޫލާ ދެކޮޅަށެވެ. އެމެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4 ޖަހާއިރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293