twitterviber whatsapp telegramfacebookyoutube instagram
2nd November 2025

ރާއްޖެއަށް އިތުރު އެމްބިއުލާންސްތަކެއް ގެނެސްފި

ޚަދީޖާ އާދަމް
Mar 19, 2022

އެމްބިއުލާންސް ބޭނުންވާ ރަށްތަކަށް ފޮނުވަން ހާއްސަކޮށްގެން މިއަދު އިތުރު އެމްބިއުލާންސްތަކެއް ރާއްޖެ ގެނެސްފި އެވެ.

އެސްޓީއޯ އިން މިއަދު ރާއްޖެ ގެނައީ 21 އެމްބިއުލާންސެވެ. މިއީ އެސްޓީއޯ އިން އެމްބިއުލާންސް ގެނައި ހަތަރުވަނަ ބުރެވެ.

އަތޮޅުތަކުގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވޭ 96 ރަށެއް ފާހަގަކޮށް އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ރާއްޖެއަށް ގެނެސް ރަށްތަކާ ހަވާލުކުރަން ސަރުކާރުން އެސްޓީއޯއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެސްޓީއޯ އިން ބުނީ އެމްބިއުލާންސްތައް ލިބިފައިވާތީ އެ ތަކެތި ފޮނުވަން ޖެހޭ ރަށްތަކަށް ވަރަށް އަވަހަށް ފޮނުވާނެ ކަމަށެވެ. އެސްޓީއޯ އިން މިހާރު ވަނީ 41 އެމްބިއުލާންސް ރަށްތަކާ ހަވާލުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355