twitterviber whatsapp telegramfacebookyoutube instagram
8th November 2026

ރާއްޖޭގެ ކޮންމެ ރަށަކީވެސް ފަތުރުވެރިކަމުގެ ނަފާ ހޯދޭނެ ރަށެއް

ޚަދީޖާ އާދަމް
Mar 20, 2022
3

ރާއްޖޭގެ ކޮންމެ ރަށަކީވެސް ފަތުރުވެރިކަމުގެ ނަފާ ހޯދޭނެ ރަށްތައްކަމުގައި ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުޅި ސިނާއަތުގެ 22 ޕަސެންޓަކީ ރިސޯޓްތައް ފިޔަވައި އެހެނިހެން ގޮތްގޮތުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އއ.ތޮއްޑޫގެ 50ވަނަ ގެސްޓްހައުސްގެ ހިދުމަތް ނެރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގައެވެ. އެގޮތުން މިނިސްޓަރ މައުސޫމް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ 92 ރަށުގައި ލޯކަލް ޓުއަރިޒަމްގެ ހިދުމަތް ދެމުން އަންކަމަށެވެ.

ރަށްރަށުގެ ގުދުރަތީ ވަސީލަތްތަކުގެ އިތުރަށް، ރަށްރަށުގެ ސަޤާފަތާއި އާދަކާދައާއި، އާސާރީ ބިނާތަކާއި އަދި ދިވެހިން ކުޅެމުން އައި އެކިކަހަލަ ސަޤާފީ ކުޅިވަރުތަކަކީވެސް ފަތުރުވެރިންނަށް ވިއްކޭނެ އަގުބޮޑު ވަސީލަތްތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަގުން ސަރުކާރުންވެސް މިސްރާބު ޖަހާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293