twitterviber whatsapp telegramfacebookyoutube instagram
10th March 2026

ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓަށް އެހީވަނީ

Mar 21, 2022

ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

މީގެ ބޭނުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންނާއި ޒުވާނުންނަށް ވޮކޭޝަނަލް ޓްރެއިނިން ދިނުމުގައި އެހީވުމެވެ. ދިރާގުގެ ކޯޕަރޭޓް ސާވިސްގެ ޑިރެކްޓާ އާތިފާ އަލީ ވިދާޅުވީ، މިއަހަރު ބާއްވާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެވޭތީ އުފާކުރައްވާ ކަމަށެވެ.

މި ޕްރޮގްރާމުން ކުދިންނަށް އާޓް އެންޑް ކްރާފްޓާއި ފެހުމާއި ކޮމްޕިއުޓާ ބޭނުން ކުރާނެ ގޮތްތައް ވެސް ކިޔައިދޭނެ އެވެ. މި ޕްރޮގްރާމުގައި ޑައުން ސިންޑްރޮމް އާއި އެނޫން ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިވެރިވާނެ އެވެ.

މިދިޔަ އަހަރު ހިންގި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމުގައި 12 މީހަކު ބައިވެރިވި އެވެ. މި ޕްރޮގްރާމުތައް ހަފްތާއަކު ހަތަރު ދުވަހު ކުރިއަށްދާނެ އެވެ. އޭގެއިން ކޮންމެ ދުވަހު ދެ ގަޑި އިރަށް ޕްރޮގްރާމު ކުރިއަށްދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355