twitterviber whatsapp telegramfacebookyoutube instagram
11th September 2025

ގާނޫނާ އެއްގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ހަނދާންކޮށްދީފި

Mar 24, 2022

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަމަހުގެ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

އެ އޮތޯރިޓީން ރޭގައި ކުރި އިއުލާނެއްގައި ވަނީ ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ މަހުގެ އިނާޔަތް ބައެއް ފަރާތްތަކުން ނުދޭކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި އިނާޔަތް ދޭއިރު ވެސް ގާނޫނުގައިވާގޮތުގެ މަތިން ނުދޭކަން ފާހަގަ ކުރެވޭ ކަމަށް ލޭބަ ރިލޭޝަންސް އޮތޯރިޓީން ބުންޏެވެ.

އެހެންވުމުން ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން މި އަހަރުގެ ރޯދަ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް އެ އޮތޯރިޓީން ހަނދާންކޮށްދީފައިވެ އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި ދިވެހި ކޮންމެ މުވައްޒަފަކަށް 3،000 ރުފިޔާ ދިނުމަކީ ލާޒިމު ކަމެކެވެ. އަދި ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް އެ އިނާޔަތް ދިނުމަކީ ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށް ގާނޫނުގައިވެ އެވެ.

ގާނޫނު އޮންނަ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރޯދަމަސް ފެށުމުގެ ކުރިން އެ އިނާޔަތް މުވައްޒަފުންނަށް ދޭންޖެހޭނެ އެވެ.

ސަރުކާރު އޮފީސްތަކުގެ މުވައްޒަފުންނަށް މިއަހަރުގެ ރޯދަ މަހުގެ އިނާޔަތް އަންނަ ހޯމަ ދުވަހު ދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއްޔެ އޮފީސްތަކަށް އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355