twitterviber whatsapp telegramfacebookyoutube instagram
14th June 2026

ޤުރުއާން މުބާރާތަށް ބޭނުންވާ އަދަދަށް ފަނޑިޔާރުން ނުލިބުމުން އަނެއްކާވެސް އިއުލާނުކޮށްފި

Mar 30, 2022

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރޯދަމަހު ބާއްވާ ޤުރުއާން މުބާރާތަށް ފަނޑިޔާރުން ނުލިބިގެން ދެވަނަ ފަހަރަށް ފަނޑިޔާރުން ހޯދުމަށް އިއުލާނުކޮށްފި އެވެ.

މި މުބާރާތަކީ ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ޤުރުއާން ކިޔެވުމުގެ މުބާރާތެވެ. މިއަހަރުގެ މުބާރާތް އޮންނާނީ އެޕްރީލް 5-7 ވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވުމަށް ތިން ފަނޑިޔާރުން ހޯދަން ކުރި އިއުލާނަށް ޝައުގުވެރިވީ ދެ ފަރާތްތަކުންނެވެ. އެހެންވުމުން ދެވަނަ ފަހަރަށް އިއުލާނު ކުރީ އެއް ފަނޑިޔާރަކު ހޯދުމަށެވެ.

މުބާރާތް ކުރިއަށްދާ ކޮންމެ ދުވަހަކަށް 1500 ރުފިޔާގެ އެލެވަންސް ދިނުމަށް ސިޓީ ކައުންސިލުން ނިންމާފައިވާއިރު ދެ ކޮޅު ދަތުރާއި ކެއުމާއި ހުރުންވެސް ހަމަޖައްސައިދޭނީ ކައުންސިލުންނެވެ.

ފަނޑިޔާރަކަށް ވެވޭ ޝަރުތަކީ ދަށްވެގެން ޤުރުއާން މުދައްރިސްކަމުގެ ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއި މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް މަދަރުސާ، ޤުރްއާން ކުލާސްތައް އަދި ޔުނިވަސިޓީ، ކޮލެޖުގެ އެއްވެސް މުވައްޒަފަކަށް އަދި މުބާރާތުގައި ކިޔަވާ އެއްވެސް ދަރިވަރެއްގެ މައިންބަފައިން އަދި ގާތްތިމާގެ މީހެއް (މަހުރަމް) ކަމުގައިނުވުން ހިމަނާފައިވެ އެވެ.

މި އިއުލާނާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި 6527174 ނުވަތަ 6528831 އަށްގުޅައި ސާފުކުރެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355