ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "ރައްޔިތުންގެ އަޑު ގާތުން" ގެ ބައްދަލުވުންތައް މި ރޯދަ މަހު ކުރިއަށް ގެންދާ ގަޑި ހާމަކޮށްފި އެވެ.
އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު 11:30 ން 12:00 އަށްކަމަށެވެ.
ރަމަޟާން މަހު "ރައްޔުތުންގެ އަޑު ގާތުން" ގެ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކޮންމެ ހޯމަ ދުވަހެއްގެ 11:30 އިން 12:00 އަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ އިދާރާގައި. pic.twitter.com/Ujy8e7npdV
— Kulhudhuffushi City Council (@kfcitycouncil) April 3, 2022
އެކައުންސިލުން "ރައްޔިތުންގެ އަޑު ގާތުން"ގެ ނަމުގައި ބައްދަލުވުންތައް ފެށީ އެކި ސަބަބުތަކަށްޓަކައި ކައުންސިލާއި ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށެވެ. ރޯދައިގެ ކުރިން މި ބައްދަލުވުންތައް ބާއްވަމުން އައީ ކޮންމެ ހޯމަ ދުވަހެއްގެ 13:00 އިން 14:00 އަށެވެ.
މި ބައްދަލުވުމުގައި މަދުވެގެން ދެ މެމްބަރަކު ބައިވެރިވެޑައިގަންނަވާނެ އެވެ. އެގޮތުން މި ޕްރޮގްރާމުގެ ބައްދަލުވުންތައް ފަށާފައިވަނީ މިދިޔަ ނޮވެންބަރު މަހުއެވެ.