twitterviber whatsapp telegramfacebookyoutube instagram
15th September 2026

ޑިމާންޑް ބޮޑުވުމުން ފެން ވިއްކުން ލިމިޓްކޮށްފި

Apr 10, 2022

ފުޅީގައި ބަންދުކުރި ފެނުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން ފެން ވިއްކާ ކުންފުނިތަކުން ފެން ވިއްކުން ލިމިޓްކޮށްފި އެވެ.

މިދުވަސްވަރު ހޫނު ގަދަ ކަމުން ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނުގެ ޑިމާންޑް ބޮޑު ކަމަށް ފެން ވިއްކާ އެހެން ކުންފުނިތަކުން ވެސް ބުނެ އެެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިއީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވާތީ ފެނުގެ ޑިމާންޑް ބޮޑު ކަމަށެވެ. ވަކިން ހާއްސަކޮށް މިދުވަސްވަރު އަތޮޅު ތެރެއަށް ފެން ގެންދިއުން އިތުރުވެފައިވާތީ ފެން ލިމިޓް ކުރީ ކަމަށެވެ.

ފެން ފޯރުކޮށްދިނުމުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ގަނޑުކޮށް ފެން ވިއްކުމުގެ ބަދަލުގައި ފެން ބޭނުންވާ ހުރިހާ ފިހާރަތަކާއި އެހެން ކަސްޓަމަރުންނަށް ވެސް ފެން ފޯރުކޮށްދިނުމަށް ކަމަށް ކުންފުނިތަކުން ބުނެ އެވެ.

ނަމަވެސް މާދަމާގެ ވަގުތެއްގައި ލިމިޓް އުވާލައި އާންމު ހާލަތުގައި ފެން ވިއްކާ އުސޫލުން ވިއްކަން ފެށޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293