twitterviber whatsapp telegramfacebookyoutube instagram
20th August 2025

ބަންގްލަދޭޝަށް ކިޔަވަން ދާން ބޭނުންވާ ފަރާތްތަކަށް ސްކޮލާޝިޕްގެ ފުރުސަތު

Apr 11, 2022

ބަންގްލަދޭޝަށް ކިޔަވަން ދާން ބޭނުންވާ ފަރާތްތަކަށް ސްކޮލާޝިޕްގެ ފުރުސަތު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ. ފުރުސަތު ހުޅުވާލީ ބަންގްލަދޭޝްގެ ޔުނައިޓެޑް އިންޓަނޭޝަނަލް ޔުނިވާސިޓީން ނެވެ.

މިނިސްޓަރީން ބުނީ ސްކޮލާޝިފް ހުޅުވާލާފައިވަނީ ބެޗްލާސް ޑިގްރީ ކިޔަވަން ބޭނުންވާ ދެ ދަރިވަރަކަށް ކަމަށާއި މިއީ ފުލް ފަންޑެޑް ސްކޮލާޝިޕެއް ކަމަށެވެ.

މި ސޮކޯލާޝިޕަށް ޝައުގުވެރިވާ ދަރިވަރުން މި މަހުގެ 13 ވަނަ ދުވަހުގެ 12:30 ގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.

ކޯހުގެ ޝަރުތުތަކުގެ ތެރޭގައި ތައުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާ މީހެއް ނަމަ ރާއްޖެއަށް ހިދުމަތް ކޮށްފައިވާ މީހަކަށް ވުން ހިމެނެއެވެ.

މީގެ އިތުރުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާ މީހެއް ނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވައިދުން ދައްކަމުންދާ ފަރާތަކަށް ވުމާއި އެ މީހަކު އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެށް ކަމުގައި ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355