twitterviber whatsapp telegramfacebookyoutube instagram
26th June 2026

ޑްރައިވިން ސްކޫލްގައި ވަގުތު ހަމަކުރަން ޖެހޭ ގޮތައް ނިންމި ނިންމުން އުވާލައިފި

ނަބީލާ އިސްމާޢީލް
Apr 12, 2022
1

އެއްގަމު އުޅަނދު ދުއްވުމަށް ލައިންސަންސް ނެގުމުގެ ކުރިން ވަކި ވަގުތެއް ވަންދެން ޓްރޭނިން ސްކޫލެއްގައި ދުއްވަން ޖެހޭ ގޮތައް ގަވައިދަށް ގެނައި ބަދަލު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލައިފިއެވެ.

ޑްރައިވިން ސްކޫލު ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު ކުރިން އޮތް ގޮތުން ސައިކަލް ލައިސަންސް ނަގާ މީހެއްނަމަ 40 ގަޑިއިރު ދުއްވަންޖެހެ އެވެ. ހަތަރު ފުރޮޅުލީ އުޅަނދުތައް މަދުވެގެން 30 ގަޑިއިރު ދުއްވަންޖެހެ އެވެ. އަދި ލައިސަންސް ނެގުމުގެ ކުރިން އެ ނޫން ބާވަތުގެ އުޅަނދުތައް 25 ގަޑިއިރު ދުއްވަންޖެހެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މި ގަވައިދު އިސްލާހުކޮށް ޑްރައިވިން ސްކޫލުތަކުގައި ވަކިވަގުތެއް ހަމަވަންދެން އުޅަނދު ދުއްވުމުން ނޫނީ ލައިސަންސް ލިބޭ ގޮތަށް ހަމަޖައްސާފައިވާ އޮތް މާއްދާ އުވާލައިފި އެވެ.

މިނިސްޓްރީން ގަވައިދު އިސްލާހުކޮށްފައިވަނީ ޑްރައިވިން ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ދައުރު އިތުރަށް ފުޅާކުރެވޭ ގޮތަށެވެ. އަދި ޑްރައިވިން ސްކޫލަށް އިންސްޓްރަކްޓަރުން ހޮވުމުގައި ބަލަން ޖެހޭ މިންގަނޑެއް ވެސް މިހާރު ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355