twitterviber whatsapp telegramfacebookyoutube instagram
4th February 2026

ތަސްލީމާގެ ބަދިގެ: ތަރުކާރީ ކަވާބު

ނަބީލާ އިސްމާޢީލް
Apr 13, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ތަރުކާރީ ކަވާބު ތައްޔާރު ކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާ ގަޑިއަށް ނުވަތަ ތަރާވީސް ވަގުތު ކާލަންވިޔަސް ވަރަށް މީރު ހެދިކާ އެކެވެ.

ބޭނުންވާ ތަކެތި:

  • 1 ފިޔާ (ކޮށާފަ)
  • 1 ލުނބޯ
  • 1 ގިތިޔޮ މިރުސް (ކުދިކޮށް ކޮށާފަ)
  • 5 ހިކި މިރުސް (ކުދިކޮށް ކޮށާފަ)
  • ވަޅޯމަސް (ކުދިކޮށް ކޮށާފަ)
  • 1 ޖޯޑު ފުށް
  • ތެޔޮ (ތެލުލުމަށް)
  • ހިކަނދިފަތް
  • 2 ޖޯޑު މިކްސް ތަރުކާރީ (ތޮރާ، ބަށި، ކެޕްސިކަމް، ކެބެޖް، ކަންކުން ފަތް، ބަރަބޯ، އަލުވި)
  • 1/2 ކާށި ހުނި
  • ލޮނު
  • ރީނދޫ
  • 1/2 ސ ސަމްސާ ދިރި
  • 1/2 ސ ސަމްސާ އަޖިނަމޮޓޯ

ތައްޔާރުކުރާނެ ގޮތް:

ކުޑަ ތެޔޮފޮދެއްގައި ހުރިހާ ތަރުކާރީ ލޮނުކޮޅެއް އަޅައިގެން ރޯފިލުވާލާށެވެ. އެއަށްފަހު އެހެން ތައްޓެއްގައި ފިޔާ، މިރުސް، ހިކަނދިފަތް، ވަޅޯމަސް، ލުނބޯ، އަދި ލޮނު ދިރި، ހުނި، އަޖިނަމޮޓޯ އެޅުމަށްފަހު ވަޅޯމަސްކޮޅު އެހާ ބޮޑަށް ހިމުން ނުވާނެހެން މޮޑެލާށެވެ. ދެން ފުށާއި ތަރުކާރީކޮޅު އަޅާ ރަނގަޅަށް މޮޑެލާށެވެ. މޮޑެ ނިމޭއިރު ހުންނާނީ ކުޑަކޮށް އޮލަކޮންނެވެ. ސަމުސަލަކުން ތެލަށް އަޅާ މުށިކުލަ އަންނަންދެން ތެލުލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355