ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ފ. ފީއަލީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި ދެ ހިދުމަތް އެ ރަށުގައި އިފްތިތާހު ކުރީ އޮފާ ތަކަކާއެކު އެވެ. އޮފާ ތަކުގެ ތެރޭ ދިރާގު ފައިބަ ބްރޯޑްބޭންޑްގެ ހިދުމަތަައް އެދޭ މީހުނަށް ހިލޭ ފައިބާ ގުޅައި ދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ރައުޓާ ދިނުން ހިމެނެ އެވެ.
މީގެ އިތުރުން ދިރާގު ޓީވީ ބޭނުންވާ ކަސްޓަމަރުންނަށްވެސް ޚިދުމަތް މުޅިން ހިލޭ ގުޅައިދީ، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް މުޅިން ހިލޭ ލިބޭނެއެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސެންޓަށް އެ ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 81 ރަށެއް ހިމެނެއެވެ. އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ޚިދުމަތެވެ.
ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 82 ޕަސެންޓު ރަށަކަށް ދިރާގުޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ.