twitterviber whatsapp telegramfacebookyoutube instagram
25th April 2024

އެންޑީއޭގެ ފަރުވާ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތައް މުޖުތަމައުއަށް ނެރުމަށް އެމްޓީސީސީ އެހީވަނީ

Apr 14, 2022

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެމްޓީސީސީ އާއި އެންޑީއޭއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްބުމުގެ ދަށުން މަސްތުގެ ވަބާގައި ޖެހި ގެއްލިފައިތިބި ހުނަރުވެރި ޒުވާނުން މުޖުތަމައުއަށް ނެރުމުގެ މަގުސަދުގައިވި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އެންޑީއޭއިން ދެމުންދާ ފަރުވާގެ ޕްރޮގުރާމް ފުރިހަމަކޮށް މުޖުތަމައުއާ ގުޅޭ ފަރާތްތައް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށްގެންދާ "ރީއިންޓަރގްރޭޝަން އެންޑް އާފްޓަރ ކެއާރ" ޕްރޮގުރާމަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކްޓިވް އޮފިސަރ މަރިޔަމް ހާލިދާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.

އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާ ގެ ދަށުންނެވެ. އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށެވެ.

އަދި މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަހުލާގާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރެވޭނެއެވެ. މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރެވޭ ތާރީހުން ފެށިގެން 3 އަހަރު ދުވަހެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355