twitterviber whatsapp telegramfacebookyoutube instagram
2nd January 2026

އުންމީދަކީ ފުށާއި ހަނޑުލުގެ ފެކްޓްރީ އަންނަ އަހަރު މެދުތެރޭގައި އޮޕަރޭޓްކުރަން ފެށުން

Apr 17, 2022
2

އެސްޓީއޯއިން ކުޅުދުއްފުށީގައި އެޅުމަށް ނިންމާފައިވާ ފުށާއި ހަނޑުލުގެ ފެކްޓްރީގެ އޮޕަރޭޝަން އަންނަ އަހަރު މެދުތެރޭގައި ފެށޭނެކަމަށް އުންމީދުކުރައްވާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީއަށް ދެއްވި އިންޓަވިއުއެއްގައި އަމްރު ވިދާޅުވީ ބިން ހަމަޖައްސާފައި ވީނަމަވެސް އަދި ރަސްމީކޮށް އެސްޓީއޯއާ އެ މަސައްކަތް ހަވާލުކޮށްފައި ނުވާކަމަށެވެ. ފެކްޓްރީ އެޅުމަށް ބިން ހަމަޖައްސާފައި ވަނީ ކުޅުދުއްފުށީ ޕޯޓް ސަރަހައްދުންނެވެ.

މިއަހަރު ފެކްޓްރީގެ އަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު އަމްރު ވިދާޅުވީ އެތަނުގެ މަސައްކަތް ކުރިޔަަށް ގެންދިޔުމަށް ބޭރުގެ ބަޔަކާ ހަވާލުކުރުމަށް ވިސްނަމުން ދާކަމަށެވެ.

އޭނާ ވިދާޅުވީ, ތައްޔާރުކޮށްފައިވާ ފުށް, ބަސްތާގައި އެތެރެކުރުމުން މާގިނަ ދުވަހު އެތަކެތި ރައްކާނުކުރެވޭ ކަމަށާއި އެހެންކަމުން ރާއްޖެއިން ބޭރުން ވީޓް ގްރެއިން، އެތެރެކޮށްގެން އެކި ގްރޭޑްތަކުގެ ކޮލެޓީގެ ފުށް ފެކްޓްރީން ތައްޔާރުކުރެވޭނެ ކަމަށެވެ. އަދި ހަނޑޫ ބަސްތާ ވެސް ގިނަ ދުވަހު ނުބެހެއްޓޭތީ, ވިސްނުން ހުރީ ފެކްޓްރީއަށް ގަނޑުކޮށް ހަނޑޫ ގެނެސް، ވަކި ޓެމްޕަރޭޗަރއެއްގައި ބެހެއްޓުމަށް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355