twitterviber whatsapp telegramfacebookyoutube instagram
8th November 2026

ދިރާގު "ސަބްސްކްރައިބު އެންޑް ވިން"ގެ ނަސީބުވެރިން ހޮވައިފި

Apr 17, 2022

ދިރާގު ޓީވީން ކުރިއަށް ގެންދިޔަ "ސަބްސްކްރައިބު އެންޑް ވިން" ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި އެވެ.

އެގޮތުން ދިރާގު ޓީވީގެ އާ ގޯލްޑް ޕެކޭޖަސް ސަބްސްކްރައިބް ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ނަސީބުވެރިއަކަށް ހޮވުނީ އަބްދުއްސަމަދެވެ. އޭނާއަށް މިއަދު އިނާމު ހަވާލުކޮށްފައިވާއިރު އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ސެމްސަންގް ޒެޑް ފޯލްޑް 3 ގެ ސްމާޓް ފޯނެކެވެ.

މި ޕްރޮމޯޝަންގެ ދަށުން ސްޓާޓާ، ބޭސިކް އަދި ގޯލްޑް ޕެކޭޖަށް ސަބްސްކްރައިބް ކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައި 10 ނަސީބުވެރިޔަކު ވެސް ވަނީ ހޮވިއެވެ.

ނަސީބުވެރިންނަށް ހޮވިފައިވާ ފަރާތްތަކަކީ:

- އައިމިނަތު ޝާތިރާ
- މުހައްމަދު ސައުފާން
- އަހުމަދު ނަޖީބު
- އިބްރާހިމް ޒަމީރު
- ފާތިމަތު ސަނާ
- މޫސާ މަނިކުފާނު
- އަހުމަދު ސުޖާން
- އަހުމަދު ހަލީލް
- ސަމީރު އަހުމަދު
- އަހުމަދު ރަޝީދު

މި 10 ނަސީބުވެރިންނަށް އެ ބޭފުޅުން ބޭނުންވާ ޗެނަލްތައް ހަ މަސް ދުވަސް ވަންދެން އެއްވެސް އަގަކާ ނުލާ ބެލޭނެއެވެ.

ދިރާގު ޓީވީ މެދުވެރިކޮށް މިހާރުވެސް ދިވެހިންގެ މެދުގައި މަޝްހޫރު ގިނަ ޗެނަލްތައް ބަލާލެވެއެވެ. އޭގެ ތެރޭގައި ސޮނީ ސްޕޯޓްސްއާއި ސްޓާ ޗެނަލްތަކާއި ޑިޒްނީ ޗެނަލް ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293