twitterviber whatsapp telegramfacebookyoutube instagram
8th September 2024

ތަސްލީމާގެ ބަދިގެ: ލޯބި ސަރުބަތު

ނަބީލާ އިސްމާޢީލް
Apr 18, 2022
1

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ލޯބި ސަރުބަތު ތައްޔާރުކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާގަޑީގައި ބޭނުންކޮށްލަން ވަރަށް މީރު ބުއިމެކެވެ.

ބޭނުންވާނެ ތަކެތި:

  • 2 ސ ސަމްސާ ރޯސް ސިރަޕް
  • 5 ސ ސަމްސާ ދިޔާ ކިރު
  • 1/2 ތަށި ފެން
  • 1/2 ތަށި އައިސް ކިއުބް
  • 1/2 ސ ސަމްސާ އިސްޕަގުލް (ފެނަށް އަޅާ މާ ލައްވާފަ)
  • ކުޑަ ކަރާ ކޮޅެއް (ކުދިކޮށް ކޮށާފަ)

ތައްޔާރުކުރާނެ ގޮތް:

ކުޑަ ޖަގެއްގައި ދިޔާކިރު، ފެން، ކަރާ، އިސްޕަގުލް، ރޯސްސިރަޕް، އަދި އައިސްކިއުބް އެޅުމަށްފަހު ސަމްސަލަކުން ރަނގަޅަށް ގިރާލާށެވެ. އޭރުން އެ ހުރީ މިފަދަ ހޫނު ގަދަ ދުވަސްވަރެއްގައި ބޯލަން ވަރަށް ފައްސޭހައިން ތައްޔާރުކޮއްލެވޭނެ ބުއިމެކެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355