twitterviber whatsapp telegramfacebookyoutube instagram
26th April 2024

އިންޑިޔާގެ އެހީގައި ކޭއާރުއެޗުގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހަދަނީ

ޚަދީޖާ އާދަމް
Apr 19, 2022
1

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 7 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އެ މަޝްރުއޫތައް ހިންގާނީ އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުންނެވެ.

ސޮއިކުރި އެއްބަސްވުންތައް:

- އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރެއް ހެދުން.
- ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ހެދުން.
- ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗަކުރުމަށް ވޯކްޝޮޕެއް ހެދުން.
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން.
- ނ. މަނަދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހެދުން.
- ނ. ލަންދު އާއި ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކޮށް، ރައްކާތެރިކުރުން.

މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެ ސޮއިކުރެއްވީ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

އިންޑިއާ ސަރުކާރުން ހިންގަން ހަމަޖެހިފައިވާ އެ މަޝްރޫއުތައް އިއުލާންކުރެއްވީ މިދިޔަ މަހު އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ. އެ މަޝްރޫއުތަކަށް ގާތްގަނޑަކަށް 1.7 މިލިއަން ޑޮލަރު (27 މިލިއަން ރުފިޔާ) ހޭދަވާނެ ކަމަށް ބެލެވެ އެވެ.

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ސްކީމްގެ ދަށުން މިހާރު ވެސް އެކި ރަށްރަށުގައި އިންޑިއާ އިން އަންނަނީ މަޝްރޫއުތައް ހިންގަމުންނެވެ. ފަހުން ސޮއިކުރި އެއްބަސްވުންތަކާ އެކު، އެ ސްކީމްގެ ދަށުން ރާއްޖޭގައި ޖުމްލަ 27 މަޝްރޫއެއް އިންޑިއާ ސަރުކާރުން ހިންގާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355