twitterviber whatsapp telegramfacebookyoutube instagram
24th June 2026

ތަސްލީމާގެ ބަދިގެ: ޗިކަން ސްޓީވް

ނަބީލާ އިސްމާޢީލް
Apr 19, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ޗިކަން ސްޓީމް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • 900ގ ކުކުޅު (ކޮށާފަ)
  • ލޮނު (ރަހަލާވަރަށް)
  • 1/2 ސ ސަމްސާ އަސޭމިރުސް
  • 2 ފިޔާ (ހިމުންކޮށް ކޮށާފަ)
  • 2 ސ ސަމްސާ ޖިންޖާރ ގަރލިކް ޕޭސްޓް
  • 5 ޓޮމާޓޯ (ކޮށާފަ)
  • 2 އަލުވި (ކިއުބްކޮށް ކޮށާފަ)
  • 3 ތޮޅިމިރުސް (ކޮށާފަ)
  • 3 ހިކިމިރުސް (ކޮށާފަ)
  • 3 ސ ސަމްސާ ތެޔޮ
  • ކޮރިއަންޑަރ ފަތް ކޮޅެއް
  • 1/2 ޖޯޑު ކާށި ކިރު

ތައްޔާރުކުރާނެ ގޮތް:

ކުކުޅު މެރިނޭޓްކޮށްލުމަށް ކުކުޅު ކޮޅުތެރެއަށް ލޮނު، އަސޭމިރުސް، އަދި ޖިންޖާރ ގާލިކް ޕޭސްޓް އެޅުމަށްފަހު އެއްކޮށްލުމަށްފަހު މަތި ބަންދުކޮށްލާފަ 30 މިނެޓް ވަންދެން ބަހައްޓާލާށެވެ. ތަވަޔަށް ތެޔޮފޮދު އެޅުމަށްފަހު ފިޔާކޮޅު މުށިކުލަ އަރަންދެން މީރުކޮށްލާށެވެ. އެއަށްފަހު ތޮޅިމިރުސް، ހިކިމިރުސް އަޅާ އެއްކޮށްލާށެވެ. ދެން ފިޔާ ގަނޑުތެރެއަށް ކުކުޅުކޮޅު އަޅާ ރޯފިލަންދެން ކައްކާލާށެވެ. އެއަށްފަހު އަލުވިކޮޅާއި ޓޮމާޓޯކޮޅު އަޅާ އެއްކޮށްލާށެވެ. ކާށި ކިރު އެޅުމަށްފަހު 15 މިނެޓް ވަންދެން މަތިޖަހައިގެން ކައްކާލާށެވެ. ކައްކާ ނިމުމުން ކޮރިއަންޑާ ފަތްކޮޅު އެއްކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355