twitterviber whatsapp telegramfacebookyoutube instagram
25th August 2026

ފޯކައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ

Apr 19, 2022

ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 62 ޕަސެންޓް ނިމިއްޖެކަމަށް އެ މަސަކަތާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ބުނެފި އެވެ.

އެމްޓީސީސީ ބުނީ އެރަށުގައި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް މިދިޔަ ހުކުރު ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފަ ކަމަށެވެ.

އޮންލައިން ނޫސް ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިމަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިމަސައްކަތް އަންނަ ޖޫންމަހު މުޅިން ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 45,795 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 2320 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުން ބުނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 64.6 މިލިއަން ރުފޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355