twitterviber whatsapp telegramfacebookyoutube instagram
8th May 2026

ތަސްލީމާގެ ބަދިގެ: ގާލިކް އެންޑް ހަނީ ޗިކަން

ނަބީލާ އިސްމާޢީލް
Apr 20, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ގާލިކް އެންޑް ހަނީ ޗިކަން ތައްޔާރު ކުރާނެ ގޮތެވެ. މިއީ ލެމަން ރައީސް، ވެޖިޓަބަލް ރައީސް، ކަހަލަ ކެއުން ތަކާއެކު ސައިޑް ޑިސްއެއް ގޮތުގައި ކާލަން ވަރަށް މީރު ޑިސްއެކެވެ.

ބޭނުންވާނެ ތަކެތި:

  • 1 ޗިކަން ބްރެސްޓް (2 ފަޅިއަށް ފަޅާފަ)
  • 1/2 ސ ސަމްސާ ލޮނު
  • 1/2 ސ އަސޭމިރުސް (މުގުރި)
  • 2 މ ސަމްސާ ބަޓަރ
  • 2 ސ ސަމްސާ ލޮނުމެދު (ހިމުންކޮށް ކޮށާފަ)
  • 2 މ ސަމްސާ މާމުއި
  • ކުޑަ ފުއް ކޮޅެއް

ތައްޔާރު ކުރާނެ ގޮތް:

ކުކުޅު ކޮޅުގައި ލޮނު، އަސޭމިރުސް ހޭކުމަށްފަހު ފުއްކޮޅުގައި ދެފުއް ރަނގަޅަށް ހޭކުމަށްފަހު ތަވަޔަށް ބަޓަރ އެޅާ ފިހެލާށެވެ. ކުކުޅު ރޯފިލުމުން ލޮނުމެދު އަދި މާމުތް އެޅުމަށްފަހު 10 ވަރަކަށް މިނެޓް ވަންދެން ކައްކާލާށެވެ. ކުކުޅުކޮޅު ރަނގަޅަށް ކެރަމަލް ކޮށްލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355