twitterviber whatsapp telegramfacebookyoutube instagram
20th March 2026

ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ކަނޑައަޅައިފި

Apr 21, 2022
2

މި އަހަރުގެ ސަރުކާރު ރަސްމީ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު ދުވަސްތަކެއް ސަރުކާރުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި އަހަރުގެ ބަންދު ދުވަސްތަކުގެ ތެރެއަށް އިތުރު ހަތަރު ދުވަސް ރައީސް ކަނޑައަޅުއްވައިފި ކަމަށެވެ.

އެ ދުވަސް ތަކަކީ ފިތުރު އީދާއި ގުޅުގައިގެން އަންނަ މޭ މަހުގެ 5 ވަނަ ދުވަހާއި ޖުލައި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހާ އަދި ޖުލައި 28 ވަނަ ދުވަހެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހަކީ ކުރިއަށް އޮތް މޭ މަހުގެ ދޭއްވާ ހޯމަ ދުވަހެވެ.

ފިތުރު އީދާއި ގުޅުވައިގެން މޭ މަހުގެ ފަސް ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން ފިތުރު އީދުގެ ބަންދަށް ޖުމުލަ އެއް ހަފްތާ ލިބޭނެއެވެ. އަދި ޖުލައި މަހުގެ 13 ވަނަ ދުވަހާއި 14 ވަނަ ދުވަހަކީ ވެސް ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސުމުން އަޟްހާ އީދު ބަންދަށް 8 ދުވަސް ލިބޭނެއެވެ.

މީގެ އިތުރުން ޖުލައި މަހުގެ 28 ވަނަ ދުވަހަކީ ވެސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމުން މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން ބަންދު ދުވަހުގެ ގޮތުގައި ޖުމުލަ 5 ދުވަސް ލިބޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355