twitterviber whatsapp telegramfacebookyoutube instagram
9th March 2026

ދިރާގު ޗީފް ޓެކްނޮލޮޖީ އިންފޮމޭޝަން އޮފިސަރަަށް މުސާދު

ނަބީލާ އިސްމާޢީލް
Apr 23, 2022

ދިރާގުގެ ޗީފް ޓެކްނޮލޮޖީ އިންފޮމޭޝަން އޮފިސަރު (ސީޓީއައިއޯ) ގެ މަގާމަށް މުހައްމަދު މުސާދު ހަމަޖައްސައިފި އެވެ.

މިހާރު ވެސް ދިރާގުގައި ހިދުމަތް ކުރައްވަމުން ގެންދާ މުސާދު ސީޓީއައިއޯގެ މަގާމަށް ހަމަޖެއްސިކަން އަންގައި އެ ކުންފުނިން ބުނީ އޭނާގެ ޒިންމާގެ ތެރޭގައި ހިމެނެނީ އިންފޮމޭޝަން ސިސްޓަމް މެނޭޖު ކުރުމާއި ސައިބަ ސެކިއުރިޓީ އާއި ޑިޖިޓަލް ޓްރާންސްފޮމޭޝަން ފަދަ ދާއިރާތަކެވެ.

ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމާއެކު ދިރާގުގެ ސައިބާ ސެކިއުރިޓީއާއި އިންފޮމޭޝަން ސިސްޓަމާއި އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތްތަކުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާނީ މުއްސަދުއެވެ.

މުއްސަދު އަކީ ޗާޓާޑު އިންޖިނިއަރެކެވެ. އަދި ޓެލެކޮމް ދާއިރާގައި މަސައްކަތް ކުރައްވާތާ މިހާރު 23 އަހަރު ވަނީ ވެފައެވެ.

އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލްއިން އިންޖިނިއަރިން އިން މޮބައިލް ޓެލެކޮމިއުނިކޭޝަންސް ޓެކްނޮލޮޖީއިން ފުރަތަމަ ޑިގްރީ އަދި ނިއުޒީލެންޑްގެ ޔުނިވާސިޓީ އޮފް ވެލިންގްޓަންއިން މާސްޓާސް އޮފް ކޮމާސް އިން އިންފޮމޭޝަން ސިސްޓަމް ހާސިލުކުރައްވައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355