twitterviber whatsapp telegramfacebookyoutube instagram
20th October 2025

ތަސްލީމާގެ ބަދިގެ: މަސްކުރޮޅި

ނަބީލާ އިސްމާޢީލް
Apr 24, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ މަސްކުރޮޅި ތައްޔާރު ކުރާނެ ގޮތެވެ. މިއީ ބަތްޕެނާ އެކު ނުވަތަ ރޮށްޓާއެކުވެސް ކާލަން ވަރަށް މީރު އެއްޗެކެވެ.

ބޭނުންވާ ތަކެތި:

  • 1 ހަރު ގަބުޅި (އުކުރާފަ)
  • 1 ފިޔާ
  • 250ގ ހިކިމަސް
  • 1 ގިތެޔޮ މިރުސް (ކުޑަ)
  • ހިކަނދި ފަތް
  • 1/2 ސ ސަމްސާ ދިރި
  • 1/2 ސ ސަމްސާ އަސޭމިރުސް
  • 3 ބިލިމަގު
  • ލޮނު (ރަހަލާވަރަށް)

ތައްޔާރުކުރާނެ ގޮތް:

މަސްކޮޅު މިކްސްޗަރއަށް އެޅުމަށްފަހު ރާޅުކޮށް މުގުރާލާފަ ތައްޓަކަށް އަޅާލާށެވެ. ދެން ބާކީ ހުރި ހުރިހާ އެއްޗެއް މިކްސްޗަރއަށް އަޅާ ރާޅުކޮށް މުގުރާލާށެވެ. އެއަށްފަހު މަސްކޮޅާ އެއްކޮށްލާ ރަނގަޅަށް މޮޑެލާށެވެ. މިއީ ވަރަށް ވަރަށް ފައްސޭހައިން މަސްކުރޮޅި ތައްޔާރު ކޮށްލެވިދާނެ ގޮތެކެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355