twitterviber whatsapp telegramfacebookyoutube instagram
31st December 2025

އީދު ބަންދު ހަފްތާގައި ބޭންކުތަށް ހުޅުވާނީ ބުދަ ދުވަހު

Apr 24, 2022

ކުރިއަށް އޮތް އީދު ބަންދުގައި ބޭންކުތަކުން ހިދުމަތް ދޭނީ މޭމަހުގެ 4ވަނަ ދުވަހު ކަމަށް އެމްއެމްއޭއިން ހާމަކުރައްވައިފިއެވެ. އެގޮތުން ބޭންކުގެ ހިދުމަތް ދޭނީ ހެނދުނު 9:30އިން މެންދުރު 12:00 އަށެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭއިން ވިދާޅުވީ އެ ހަފްތާގެ ބުދަ ދުވަހު ބޭންކިންގ ހިދުމަތް ދިނުމަށް ނިންމާފައިވާކަަމަށެވެ. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓު އުސޫލުންނެވެ. ސިޓީއާއި ތަކެތި ބަލައިގަތުން ވެސް ހަމަ އެ ގަޑިތަކުގައި ކުރިއަށްދާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މިއަހަރުގެ ފިތުރު އީދު އަދި ހަފްތާ ބަންދާގުޅިގެން މިމަހުގެ 29އިން އަންނަ މަހުގެ 7ވަނަ ދުވަހަށް ސަރުކާރު ބަންދުވާނެއެވެ.

ބޭންކު އޮފް މޯލްޑިވްސްއިން ވެސް މެއި 4ވަނަ ދުވަހު ހެނދުނު 9:30އިން ފެށިގެން މެންދުރު 12:00އަށް ހިދުމަތް ދިނުމަށްވަނީ ނިންމަވާފައެވެ. އެހެންނަަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355