twitterviber whatsapp telegramfacebookyoutube instagram
7th May 2024

"ނޭވާ 2" އިވެންޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Apr 24, 2022

ރާއްޖޭގައި ބާއްވާ "ނޭވާ 2" އިވެންޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. މިއީ އެންމެ ގިނަ ބަޔަކު މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ދުނިޔޭގެ ރެކޯޑް ހެދުމަށް ބާއްވާ އިވެންޓެކެވެ.

މޯލްޑިވްސް ފްރީ ޑައިވިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ހަރަކާތުގައި ބައިވެރިން މަސައްކަތް ކުރާނީ އެންމެ ގިނަ ބަޔަކު ވެގެން އެއް ފަހަރާ ސްޓެޓިކް އެޕްނިއާއެއް ނުވަތަ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ހަދައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާށެވެ. އެގޮތުން ޑައިވަރުން ރާއްޖޭގެ 11 ސަރަހައްދަކުން ޑައިވް ކުރާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި އިވެންޓު އޮންނާނީ އޮކްޓޯބަރު އެއް ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ބާއްވާ ހަރަކާތެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

2019 ގައި ބޭއްވި "ނޭވާ1" ހަރަކާތުގައި އެންމެ ގިނަ ބަޔަކު އެއް ފަހަރާ ފްރީޑައިވް ކުރުމުގެ ރެކޯޑް ހަދާފައިވެއެވެ. އެއީ ޖުމްލަ 521 މީހުން ބައިވެރިންނެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި ހަރަކާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355