twitterviber whatsapp telegramfacebookyoutube instagram
2nd June 2025
ADVERTISEMENT

ގެއްލިގެން ހޯދަމުން ދިޔަ ތުއްތު ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ

ނަބީލާ އިސްމާޢީލް
Apr 25, 2022

ށ. ކަނޑިތީމުގައި ގެއްލިގެން ހޯދަމުން ދިޔަ އުމުރުން އެއް އަހަރުގެ ތުއްތު ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ޕޮލިހުން ބުނީ އެރަށުގައި ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ވަނީ އާންމު ފަރާތަކުން ކަމަށެވެ. އެ ފަރާތުން އެކަން ފުލުހުންނާއި ހިއްސާކޮށްފައި ވަނީ މިއަދު 18:30 ހާއިރު ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

ގެއްލިގެން ހޯދަމުން ދިޔަ ތުއްތު ކުއްޖާ ފެނިފައި ވަނީ މޫދުގައި އޮއްވައެވެ. އެ ކުއްޖާ މޫދުން ނަގައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދެއްވި ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެރަށު ކައުންސިލުން ބައެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި ތުއްތު ކުއްޖާ ދިރިއުޅޭ ގެ ހުންނާނީ އަތިރިއާ ވަރަށް ކައިރީގަ ކަމަށާއި ކުޑަ ކުއްޖަކަށް ވެސް ހިނގާފައި ދެވޭހާ ކައިރި ކަމަށެވެ. އަދި ކުއްޖާ ގެއްލިގެން އުޅޭތާ ވިއްސަކަށް މިނެޓު ފަހުން ހޯދައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ،ކަމަށެވެ.

އެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com