twitterviber whatsapp telegramfacebookyoutube instagram
4th February 2026

ތަސްލީމާގެ ބަދިގެ: ލޮނުމިިރުސް ކުކުޅު ބަތް

ނަބީލާ އިސްމާޢީލް
Apr 26, 2022

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު މި ގެނެސްދެނީ ލޮނުމިރުސް ކުކުޅު ބަތް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

  • 800 ގ ކުކުޅު (ކޮށާފަ / ކައްޓާއެކު)
  • 1 ޖޯޑު ހަނޑޫ (ދޮވެ ސާފުކޮށްފަ)
  • 1 ސ ސަމްސާ ލޮނުމިރުސް
  • 1 ފިޔާ (ހިމުންކޮށް ކޮށާފަ)
  • 2 ލޮނުމެދު (ހިމުންކޮށް ކޮށާފަ)
  • 2 ސ ސަމްސާ ބަޓާރ ނުވަތަ ގީ
  • 1/2 ސ ސަމްސާ މުގުރި އަސޭމިރުސް
  • ހިކަނދިފަތް
  • 2 ޖޯޑު ފެން
  • ލޮނު

ތައްޔާރުކުރާނެ ގޮތް:

ކުކުޅު ކޮޅަށް ލޮނު، އަސޭމިރުސް، ލޮނުމިރުސް، އެޅުމަށްފަހު އެއްކޮށްލާށެވެ. ތަތްނުލަވާ ތެއްޔެއްގައި ބަޓަރު އެޅުމަށްފަހު ކުކުޅުކޮޅަށް މުށިކުލަ އަންނަންދެން ފިހެލާފަ ތައްޓަކަށް ނަގާފަ ހަމަ އެ ތެލީގައި ބަޓަރުކޮޅެއް އެޅުމަށްފަހު ލޮނުމެދު، ފިޔާ އަދި ހިކަނދިފަތް އަޅާ ފިޔާގަނޑު ރަތްކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް ހަނޑު އަޅާ ހަނޑުކޮޅުވެސް ހަނާކޮށްލާށެވެ. ދެން ކުކުޅު ކޮޅު މަތީގައި އަތުރާލާފަ ފެންއަޅާށެވެ. އެއަށްފަހު މަތިޖަހައިގެން މަޑުގިނީގައި ކައްކާލާށެވެ.

ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355