twitterviber whatsapp telegramfacebookyoutube instagram
8th November 2025

އޭސީސީން މިދިޔަ އަހަރު 588 މައްސަލައެއް ނިންމި

Apr 26, 2022

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިިދިޔަ އަހަރު 588 މައްސަލަ ތަހުގީގުކޮށް ނިންމައިފިވާކަމަށް އެ ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މިއީ 2020 ވަނަ އަހަރު އެ ކޮމިޝަނުން ނިންމި މައްސަލަތަކަށް ވުރެ 38 ޕަސަންޓް ދަށް އަދަދެކެވެ. އޭސީސީން 2020 ވަނަ އަހަރު ވަނީ 961 މައްސަލަ ނިންމާފަ އެވެ.

އެ ކޮމިޝަނަށް މިދިޔަ އަހަރު ޖުމްލަ ހުށަހެޅީ 782 މައްސަލައެެވެ. ނަމަވެސް ކުރީގެ ބައެއް މައްސަލަތަކާ އެކު މިދިޔަ އަހަރު ޖުމްލަ 806 މައްސަލަ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވެ އެވެ.

އޭސީސީން މިދިޔަ އަހަރު އެ ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 24 މައްސަލައެއް ބަލަން ނިންމި އެެވެ. ތަހުގީގުތަކަށްފަހު މިދިޔަ އަހަރު ވަނީ 2.1 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާ ގުޅޭ އެކި އިދާރާތަކަށް އަންގާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355